05/03/2026
ދުނިޔޭގެ ޓެކްނޮލޮޖީއާއި ބޮޑެތި ކުރިއެރުންތަށް ހޯދާފައި މިވާ ޒަމާނުގައި ޓެކްނޮލޮޖީ އާއި އަސްކަރީ ބާރު ލިބިފައިވާ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަކަމަށް ދައުވާ ކުރާ އެމެރިކާ އާއި ފަހުގެ ތާރީހެއްގައި ކުރިމަތިލާން ކެރުނު ހަމަ އެކަނި ގައުމަކީ އީރާނެވެ. ޔަގީނުންވެސް ތާރީޚުގައި މިކަން ލިޔެވޭނެއެވެ. ސަބަބަކީ އީރާނަށްވުރެ ހަތިޔާރާއި ޓެކްނޮލޮޖީގެ ގޮތުން މާ ކުރި އަރާފައިވާ ގައުމުތަށް އެބަތިއްބެވެ. އީރާނުގެ ހުންގާނުގައި ހުންނެވީ ހިކްމަތްތެރި ކެތްތެރި ވިސްނުންތެރި ކައްޕިތާނެކެވެ. މިހާތަނަށް އީރާނަށް ކުރިމަތިވި އެންމެ ބޮޑު ތޫފާނުގެ ތެރެއަށް ޖެހިލުމެއްނެތި އެހެރަގެން ވަދެގެން ދަނީ ތޫފާނެއްކަން އެނގި ވިސްނައިގެން ސަލާމަތުގެ އައްސޭރިއަކަށް ނައު ގެންދިއުމުގެ މަގުސަދުގައި ސާބިތުވެ ހުރެއެވެ. ދުނިޔޭގެ ފަރާތުން އަންނަ ހުރިހާ އުނދަގުލަކާއި ވިސްނުންތެރިކަމާއެކު ކުރިމަތިލާ ހިކްމަތްތެރި މަސައްކަތްތަކެއް ކުރައްވާ ފަހަތުން އަންނަ އެއްވެސް ރާޅަކަށް ނުބަލާ އެހުރިހާ ރާޅެއްގެ ކިބައިން އޮޑި ސަލާމަތް ކުރަމުން ނައުގެ ފަޅުވެރިންނަށް ވިސްނުންތެރި ނަސޭހަތް ދެއްވަމުންނެވެ. އެހެރަ ދަނީ ނައު ވަޔާއި އޮޔާ އިދިކޮޅަށް އަނބުރާލަން ޖެހިއްޖެނަމަ އަނބުރާލާނެ ގޮތާއި ހާލަތު ރަނގަޅަށް ކިޔައިދީ ވިސްނަވައި ދެއްވާ އެފަދަ ހިކްމަތް އަމަލީ މަސައްކަތް ދަސްކޮށްދެއްވަވަމުން އޮޔާ ވަޔާ އިދިކޮޅަށެވެ. ސައްކެއްވެސް ނެތެވެ. އެ މޮޅު ކައްޕިތާނަކީ އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީ އެވެ. މިހާތަނަށް އީރާނު އީރާނަކަށް ހެދުމުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ ހާމަނާއީ އެވެ. އީރާނު ދަތިކުރުމުގެ ފިޔަވަޅުތައް މަތީގައި އޮންނަތާ އެތަށް އަހަރެއް ވެއްޖެއެވެ .އީރާނު އ ދަތިކަން މަތީގައި އޮވެމެ އެހޯދަމުން އައީ މި ތޫފާނާއި ކުރިމަތިލާ ކާމިޔާބު ހޯދާނެގޮތެވެ. އީރާނު ކުރިމަތިލަމުން އެދަނީ ވަރަށް ބޮޑު އިމްތިހާނަކާއެވެ. ދުނިޔޭގައި މިވަގުތު ތިބި އެންމެ މުޑުދާރު އެން ނުބައި ހާއިނުންނާއި ދެކޮޅަށް ތެދުވެ އެދަނީ މަތިވެރި ޖިހާދު ކުރަމުންނެވެ. ޔަގީނުންވެސް ހައްޤަށް ނަސްރު ލިބޭނެއެވެ. ޔާ ﷲ ދުނިޔެ ފަސާދަކުރާ ނުބައި ނުލަފާ ޖަނަވާރުން މިހަނގުރާމައިން ބަލި ކުރައްވާ ނެތި ކުރައްވާނދޭވެ! އީރާނަށް މިހަނގުރާމަ ފުރިހަމަ ބާރުވެރި ކަމާއި ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރުމުގެ ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ! އާމީން 🤲